ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން މީޑިއާތަކަށް މާ ބޮޑަށް ކަން ދައްކާތީ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ހިތްހަމަ ނުޖެހިއްޖެ އެވެ.
އެގޮތުން މިފަހުން ބޭއްވި އިވެންޓެއްގައި އެދެމީހުން ބައިވެރިވެފައިވާއިރު އެ ދެމީހުންގެ ފަހަތުން މީޑިއާއާއި ކެމެރާމަނުން ވެސް ވަނީ ގޮސްފަ އެވެ.
ސައިފް މީޑިއާތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ދިޔަ ނަމަވެސް ކަރީނާ ވަނީ މަޑުކޮށް ފޮޓޯތަކަށް މޮޑެލް ކޮށްފަ އެވެ. މިކަމާ ހިތްހަމަ ނުޖެހި ސައިފް ވަނީ މީޑިއާއަށް ފޮޓޯ ނަގަން ދެނީ ކީއްވެެގެންތޯ ކަރީނާއާ ސުވާލުކޮށްފަ އެވެ.
ސައިފް މީޑިއާތަކުން ރެކެން މަސައްކަތް ކޮށްފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާތަކުން އޭނާގެ އިމާރާތަށް ވަނުމުން އެކަމާ ހިތްހަމަ ނުޖެހި ކޮޓަރިއަށް ވެސް ވަންނާނަންތޯ ނޫސްވެރިން ކައިރިން އަހާފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ސައިފް ބުނީ މީޑިއާއަށް އިހުތިރާމްކުރާ ކަމަށާއި އެހެން ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ ކަމަށެވެ.
އެގޮތުން ފަންނާނުންގެ ވެސް ޒާތީ ދިރިއުޅުމެއް އޮންނަ ކަމަށާއި އެކަން މީޑިއާތަކުން ނުދަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ސައފް ވަނީ ބުނެފަ އެވެ.
މި ހާދިސާއަށްފަހު ސައިފް މީޑިއާތަކާ ދުރުދުރުން އުޅުނު ނަމަވެސް އަންހެނުން ކަރީނާ ވަނީ ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާއާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ.