މިދިޔަ 2020 ވަނަ އަހަރަކީ އަނަންޔާ ޕާންޑޭއަށް ކާމިޔާބު އަހަރެކޭ ބުނެވިދާނެ އެވެ. އޭނާގެ ފިލްމު "ކާލީ ޕީލީ" އަށް ކްރިޓިކްސް ފަރާތުން މިކްސްޑް ރިވިއުސް ލިބުނު ނަމަވެސް ގިނަ ބަޔަކު ވަނީ އެ ފިލްމުގައި އަނަންޔާ ދެއްކި އެކްޓިން އަށް ތައުރީފުކޮށްފަ އެވެ.

މި އަހަރު ނިންމާލުމުގެ ގޮތުން އަނަންޔާ އޭނާގެ ކޯ-ސްޓާ އިޝާންއާއެކު ޗުއްޓީއަކަށް ރާއްޖެ އައިސްފައިވެ އެވެ.

ޗުއްޓީ ނިންމާލުމަށްފަހު އެނބުރި މުމްބާއީ އަށް ދިޔަގޮތަށް އޭނާ ވަނީ އެނބުރި މަސައްކަތަށް ނުކުމެފަ އެވެ.

ނަމަވެސް ރާއްޖެ މަތިން ހަނދާންވާ ވަރުން މިވަނީ ރާއްޖޭގައި ނަގާފައި ހުރި ފޮޓޯއަކާއެކު "ގެއަށް އާދެވުނަސް މެންޓަލީ އަދިވެސް މިހިރީ ރާއްޖޭގައި،" ކަމަށް ބުނެ ޕޯސްޓުކޮށްފަ އެވެ.

ދެން އެންމެ އަވަހަށް އަނަންޔާ ފެނިގެން ދާނީ ދީޕިކާ ޕާޑުކޯން އާއި ސިދާތް ޗަޓުރްވޭދީ އާއެކު ފެނިގެންދާ ޝަކުން ބަޓްރާ ޑައިރެކްޓް ކުރާ ފިލްމުންނެވެ.