އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ނުދަންނަ މީހަކު ނުހުންނާނެއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ރިހާނާ އަކީ އަމިއްލަ ފައި މައްޗަށް ތެދުވެ، މިއުޒިކް އިންޑަސްޓްރީގައި އޭނާގެ ޖާގަ ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ. ރިހާނާއަށް ގިނަ ބައެއްގެ ސަޕޯޓު ލިބި މަޝްހޫރުކަން ލިބިފައިވާއިރު، އޭނާއާ ގުޅޭ އެކި މައުލޫމާތުތަކަކީ ފޭނުން އަބަދުވެސް ބަލައި ހޯދަން ބޭނުންވާ މައުލޫމާތުތަކެކެވެ.

އެގޮތުން ރިހާނާ އަކީ މަޝްހޫރު ވުމުގެ ކުރިން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލީ ތަރިއެއްކަން ގިނަ ބަޔަކަށް އެނގެ އެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ނޭނގޭ އެއް ކަމަކީ ރިހާނާގެ އާއިލާގެ ހަގީގަތެވެ.

ރިހާނާ އޭނާގެ މިއުޒިކް ކެރިއަރުން ކުރިއަށް ދިއުމުގެ ކުރިންނާއި ކުޑައިރުން ފެށިގެން ތަހައްމަލް ކުރަން ޖެހުނު ވޭނަކީ އޭނާގެ އުފަން ބައްޕަ މަސްތުވާތަކެތީގެ ޝިކާރައަކަށްވުމެވެ. އަދި ރިހާނާ ބޮޑުވި ފަހުން އޭނާގެ ބައްޕަ، ސިއްރުން އެހެން މީހަކާއެކީ، އުޅޭކަމާއި، އެ މީހަކަށް ދަރިން ތިބިކަން ފަޅާއެރި އެވެ.

މިކަމުގެ ސަބަބުން ރިހާނާ އާއި ރިހާނާގެ މަންމަ ކުރިމަތިލާން ޖެހުނު ދަތި ހާލަތު އޭނާ މީޑިއާތަކަށް މީގެ ކުރިން ކިޔައިދީފައި ވެސް ވެ އެވެ.

އޭގެ ގިނަ އަހަރުތަކެއް ފަހުން ރިހާނާ ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާގެ އަމިއްލަ ދެ ބްރޭންޑުގެ ތެރޭގައި ލޯންޖަރީ ބްރޭންޑެއް ކަމަށްވާ ސެވޭޖް އެކްސް ފެންޓީ އާއި 2017 ވަނަ އަހަރު ލޯންޗުކުރި ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ފެންޓީ ބިއުޓީ ހިމެނެ އެވެ.

އޭނާ ހާސިލް އެވޯޑްތަކަށް ބަލާއިރު ޖާމަނީ އެވޯޑްސްގެ ނުވަ އެވޯޑް، އެމެރިކަން އެވޯޑްސްގެ 13 އެވޯޑާއި ބިލަބޯޑްސް އެވޯޑްސްގެ 12 އެވޯޑް އަދި ގިނީސް ވޯލްޑް ރެކޯޑްގެ ހަ އެވޯޑްގެ އިތުރުން ރިހާނާ ވެގެން ގޮސްފައި ވަނީ ލަންޑަނުގައި ލަވަ އަލްބަމް ވިއްކުމުގެ ހުއްދަ ލިބުނު ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާއަށެވެ.