ދަރިމައިވުމުގެ މައްސަަލަތަކަކީ ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ މި ދަތިތަކުން އަރައިގަނެ، އާއިލާއެއް ބިނާކުރުމަށް އެހީތެރިވެދޭ ތަފާތު ފަރުވާތަކެއް ލިބެން ހުންނަ ކަމެވެ. އެގޮތުން ދިވެހިންގެ ތެރޭގައި މަގްބޫލު އެއް ފަރުވާ ކަމަށްވާ އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ނިސްބަތުން ބަލާއިރު އައިވީއެފްއަކީ މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފަރުވާއެކެވެ. އެގޮތުން އައިވީއެފްގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދެމަފިރިންނަށް ދަރިމައިވުމުގެ މައްސަލަތަކުން އަރައިގަނެވި، އާއިލާއެއް ބިނާކުރުމުގެ ފޮނި ހުވަފެން ހަގީގަތަކަށް ހެދިފައިވެ އެވެ.

އައިވީއެފްއަކީ އަނބިމީހާގެ އޯވަރީއިން ބިހެއް ނަގައި ހަށިގަނޑުން ބޭރުން ލެބޯރަޓަރީއެއްގައި ފާޓިލައިޒްކުރުމަށް ފަހު ބިސް ރަހިމަށް ލައްވައިގެން ދެވޭ ފަރުވާއެކެވެ. އައިވީއެފް ޕްރޮސެސްގެ ތެރޭގައި ފާޓިލައިޒްކުރެވުނު ބިސް ކަލްޗާ ޑިޝްއެއްގައި ބޮޑުކުރުމަށްފަހު އަނބިމީހާގެ ރަހިމަށް ލެއްވެ އެވެ. ހަމަ މިއާއެކު އައިވީއެފް މެދުވެރިކޮށް ފަރުވާ ކުރެވޭ 30 ޕަސެންޓް- 40 ޕަސެންޓް ކޭސްތަކުގައި ބަލިވެއިނުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރަށް، އުމުރާއި، ދިރިއުޅުމުގެ ވައްޓަފާޅި އާއި، ދެމަފިރިންނަށް ޖެހިފައިވާ ބަލިތައް ފަދަ ތަފާތު ކަންކަމުން އަސަރުކުރެ އެވެ.

އައިވީއެފްއަކީ އާންމު ގޮތެއްގައި އަހަރަކަށް ވުރެ ގިނަ ދުވަހު ބަލިވެ އިނުމަށް މަސައްކަތްކޮށް، ނާކާމިޔާބުވެފައިވާ މީހުންނަށް ދެވޭ ފަރުވާއެކެވެ. މީގެ އިތުުރުން ފެލޯޕިއަން ޓިއުބް ބްލޮކްވެފައިވާ ފަރާތްތަކަށާއި ސްޕާމް ކައުންޓް އަދި ސްޕާމް މޯޓިލިޓީ ދަށް ފަރާތްތަކަށާއި އެންޑޯމެޓްރިއޯސިސް ބަލި ހުންނަ އަންހެން ބޭފުޅުން ވެސް އައިވީއެފް މެދުވެރިކޮށް ފަރުވާކުރުމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ.

އައިވީއެފް މެދުވެރިކޮށް، ބަލިވެއިންނަ ދުވަސްތައް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. މީގެ އިތުރުން ރަހިމަށް ފާޓިލައިޒްޑް ބިސް ލެއްވުުމުގެ ކުރިން ޖެނެޓިކް ޓެސްޓްތައް ހެދުމަށް ފުރުސަތު ލިބި ޖެނެޓިކްކޮށް ދަރިފުޅަށް ވާރުތަވާ ބަލިތައް ޖެހުމުގެ ފުރުސަތު ހަނިވެގެންދާނެ އެވެ.

މީގެ އިތުރުން ކޮންމެ މެޑިކަލް ފަރުވާއެކޭ ވެސް އެއްފަދައިން އައިވީއެފްގައި ވެސް ރިސްކްތައް އެކުލެވިގެންވެ އެވެ. ނަމަވެސް މިއީ ވަރަށް ކުޑަ ރިސްކްތަކެކެވެ. މީގެ ތެރޭގައި އެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުން ހިމެނެ އެވެ. މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވެ އެވެ. ހަމަ މިއާއެކު އޯވަރިއަން ހައިޕާ ސްޓިމިއުލޭޝަނަށް ވެސް އައިވީއެފްއިން ފުރުސަތު ހުޅުވެ އެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓިއްޖެ ނަމަ މިފަދަ ރިސްކްތައް ކުޑަވެ އެވެ.

އައިވީއެފްއަކީ ގިނަ އަދަދެއްގެ ދެމަފިރިންނަށް ދަރިންލިބުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ޕްރޮސީޖާއެކެވެ. އެހެންކަމުން އައިވީއެފްގެ ފަރުވާއަށް އެދިވަޑައިގަންނަވާ ނަމަ ތަޖުރިބާކާރު ފާޓިލިޓީ ޑޮކްޓަރެއްގެ ލަފާ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ އާއިލާއެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެހީތެރިވެދޭނެ ތަޖުރިބާކާރު، ހުނަރުވެރި، އޯގާތެރި ސްޕެޝަލިިސްޓުން ތިއްބަވާ ހޮސްޕިޓަލްއެކެވެ. އެގޮތުން މި ޚިދުމަތްތައް ކޮންމެ މީހަކަށް އެމީހާކާއި އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރުގެ އަމަލީ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެފަ އެވެ. މި ސެންޓަރު މެދުވެރިކޮށް އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތްތައް ލިބިގެންދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ. ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެއްދެވުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.