އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ދެ ވަނަ ދީޒަން ޖޫން މަހު ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ވޫޓްއިން "ބިގްބޮސް އޯޓީޓީ" ސީޒަން 2 ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު، މިފަހަރުގެ ސީޒަން ހުށަހަޅައިދޭނީ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

ސަލްމާން އަކީ ކަލާޒް ޓީވީން ގެނެސްދޭ "ބިގްބޮސް" ހޯސްޓެއް ގޮތުގައި ފެނިގެންދާ ފަރާތެވެ.

ސަލްމާން މިހާރު ވަނީ "ބިގްބޮސް އޯޓީޓީ 2" ޕްރޮމޯ ޝޫޓްކޮށްފަ އެވެ. މިޕްރޮމޯ ވަރަށް އަވަހަށް ވޫޓްއިން ދައްކަން ފަށާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި 10 ބައިވެރިން ބައިވެރިވާއިރު ސިޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގަ އެވެ.

މިފަހަރުގެ ސީޒަންގައި ވެސް ގިނަ މަގުބޫލު ޓީވީ ތަރިންނާއި ބައެއް ރިއަލިޓީ ޝޯތަކުގައި ބައިވެރިވެފައިވާ ފަންނާނުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން ޓީވީ އެކްޓަރު ފަހުމާން ޚާން އާއި ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން އާއި "ބިގްބޮސް 15" ވާދަކުރި އުމަރު ރިޔާޒް އާއި ސޯޝަލް މީޑިއާގައި މަޝްހޫރު އަދި "ހަތުރޯކީ ކިލާޅި 12" ގައި ވާދަކުރި ފައިސަލް ޝައިހް ފެނިގެންދާނެ އެވެ.

"ބިގްބޮސް އޯޓީޓީ 1" ހޯސްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ. އެ ފަހަރުގެ ސީޒަން ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ.