ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލްގެ ކެންޓީން ބަންދު ކޮށްފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ކެންޓީނު ބަންދުކޮށް އެޗްޕީއޭއިންވަނީ އެތަނުގައި ބޯޑުވެސް ހަރުކޮށްފަ އެވެ.

އެ ނޯޓިސްގައި ބުނެފައި ވަނީ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ހިލާފްވެފައިވަތީ މިއަދުން ފެށިގެން ބަންދު ކޮށްފައިވާ ކަމަށެވެ.

އެ ނޯޓިސްގައި ބުނެފައިވަނީ އެ މުއްދަތުގެ ފަހުން ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި އެ ނޯޓިސް ހަރުކުރެވިފައިވާ މުއްދަތުގެ ތެރޭގައި ތަން ހިންގާކަން ކަށަވަރުވެއްޖެނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ނޯޓިސް ނެއްޓުމާއި ހަލާކު ކުރުމާއި ނުފެންނަ ގޮތަށް ނިވާކޮށްފިނަމަ، 5،000 ރުފިޔާއާއި 10،000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ކާބޯތަކެތި ވިއްކާ ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން އެޗްޕީއޭގެ ފަރާތުން ދޭތެރެ ދޭތެރެއިން އިންސްޕެކްޓް ކުރެ އެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފުވާ ތަންތަން ބަންދުވެސް ކުރެ އެވެ. ހުޅުމާލޭ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދާ ތަނަކަށްވެފައި އެތަނުގެ ކެންޓީނު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ބޭނުން ކުރެ އެވެ.