ނެށުންތެރިޔާ ގަނޭޝް އަޗާރިއާ މިވަނީ އޭނާގެ ހަށިގަނޑުނެ 98 ކިލޯ ލުއިކޮށްލާފަ އެވެ.
އޭނާގެ ހަށިގަނޑަށް މިގެނެއި ބަދަލާއި އެކު އެންމެންވެސް ތިބެނީ ހައިރާން ވެފަ އެވެ.
އިންޑިއާގެ ނޫހަކަށް 2017 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ގަނޭޝް ވަނީ ބަރުދަން ލުއި ކުރުމާ ގުޅޭ ގޮތުން ވާހަކަދައްކާފަ އެވެ.
"ފަލަ ވުމުން އަހަރެންނަށް އުނދަގޫ ވޭ. ބަރުދަން ލުއި ކުރަން މަސައްކަތް ކުރާތާ އަހަރެއް ވެއްޖެ މިހާރު. އަހަރެންގެ ފިލްމު 'ހޭ ބްރޯ' ކުޅުމަށް 2015 ވަނަ އަހަރު އަހަރެން 30-40 ކިލޯ އަށް ބަރުދަން އިތުރުކުރިން. އޭރު ބަރުދަން 200 ކިލޯއަށް އެރި. މިހާރު އެބައި ދުއްވާލަން މަސައްކަތް މިކުރަނީ،" ގަނޭޝް ބުނެފައިވެ އެވެ.
"އެންމެނަށް ވެސް ގަނޭޝް އަޗާރިއޭ ފެނިފައި ހުންނާނީ ފަލަކޮށް ހުއްޓާ. މިހާރު ބޭނުންވަނީ އެ ކަން ބަދަލުކުރަން."
ގަނޭޝް މިހާރު ތައްޔާރުވަމުން ދަނީ "ދެހަތީ ޑިސްކޯ" ކިޔާ ފިލްމެއްގެ ލީޑު ރޯލަށެވެ.
މި ފިލްމާ ގުޅޭ ގޮތުން "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ގަނޭޝް ބުނެފައިވަނީ މިއީ އާންމުކޮށް އޭނާ ކުޅޭ ހެއްވާ މަޖާ ފިލްމުތަކާ މުޅިން ތަފާތު ފިލްމެއް ކަމަށެވެ. އަދި މި ފިލްމުން އޭނާ ފެނިގެން ދާނީ 10 އަހަރުގެ ކުއްޖެއްގެ ބައްޕައިގެ ރޯލުންނެވެ.