މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހެއްޓި ފުރަތަމަ އޭޓީއެމް ހުޅުވާފައިވަނީ ވިނަރެސްގަ އެވެ.
އެމްއައިބީއިން ބުނީ މި އޭޓީއެމްއިން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށެވެ. ފޭސް ދޭ ގައި ގިނަ އަދަދެއްގެ އާބާދީއެއް ދިރިއުޅެމުން އަންނައިރު ޚާއްސަ އިސްކަމެއްދީގެން މި އޭޓީއެމް ސާވިސްކުރުމާއި އަދި ފައިސާ އެޅުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެމްއައިބީން ބުނެ އެވެ.
މީގެ އިތުރުން އެމްއައިބީން ބުނީ މި އޭޓީއެމްގައި ވެސް ހުރިހާ ބޭންކެއްގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ ކަމަށެވެ. އަދި މީގެ ކުރިން އެހެން ބޭންކުތަކުގެ ކާޑުން ފައިސާ ނަގާއިރު ނަގަމުން ދިޔަ ފީ ދެން ނުނަގާނެ ކަމަށްވެސް އެބޭންކުން ބުނެ އެވެ.
މި އޭޓީއެމްއާއެކު އެމްއައިބީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ އޭޓީއެމްގެ އަދަދު ވަނީ 24 އަށް އަރާފަ އެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ