ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން ބޮލީވުޑަށް ތައާރަފުވި އަނަންޔާ ޕާންޑޭ ކައިވެންޏާ ބެހޭ ގޮތުން މިވަނީ ވާހަކަ ދައްކާފަ އެވެ.

އަނަންޔާ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފައިމިވަނީ އޭނާ އާއި އުމުރުން 36 އަހަރުގެ އެކްޓަރު އަދިތުޔާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މީޑީއާގައި އަޑުފެތުރިފައިވަނިކޮށެވެ.

ދެ މީހުން އެކީ އިވެންޓްތަކުން ފެނުނަށް ރައްޓެހިވެގެން އުޅޭ ކަމެއް ކަށަވަރު ކޮށްދެން ނުދެ އެވެ. އެހެން ނަމަވެސް އެމީހުން ރައްޓެހިވެގެން އުޅޭކަން އެކްޓަރު ރަންބީރު ކަޕޫރު ބުނެ އެވެ.

އެކްޓަރު ޗަންކީ ޕާންޑޭގެ ދޮށީ އަންހެން ދަރިފުޅު، އަނަންޔާ ބުނީ އޭނާގެ އުމުރު އަދި ކުޑަ ކަމަށާއި މިވަގުތު ކައިވެނީގެ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އަދި މި ވަގުތު ފޯކަސް ހުރީ ފިލްމީ ދައިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

އަދިތިޔާއާ ރައްޓެހިވުމުގެ ކުރިން އަނަންޔާ އާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރު ވެސް ރައްޓެހިވި އެވެ. ދެ ތަރިން އެކީގައި ފިލްމެއް ވެސް ކުޅުނެވެ. އެއީ 2020 ގެ "ކާލީ ޕީލީ" އެވެ. އަނަންޔާ އާއި އިޝާން ރުޅިވީ 2021 ގަ އެވެ.

އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓްގައި ގެނެސްދިން "ލައިގާ" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އޮގަސްޓް 25 އަށް ތާވަލުކޮށްފައި އޮތް "ޑްރީމް ގާލް" އިންނެވެ.

އަނަންޔާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކޯ ގަޔޭ ހަމް ކަހާ" އާއި "ކޮންޓްރޯލް" އަދި އަކްޝޭ ކުމާރާ އެކީ ކުޅޭ ޕީރިއަޑް ފިލްމެއް ހިމެނެ އެވެ.