ހެމާ މާލިނީއާއި ދަރްމެންދްރާއަކީ ބޮލީވުޑްގެ "ރެޓްރޯ" ޒަމާނުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދެތަރިންނެވެ. އެކުގައި ފިލްމުތައް ކުޅުމުގެ އިތުރުން މި ދެތަރިންނަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދެމަފިރިންނެވެ.
އެ ދެމީހުންގެ ކައިވެންޏަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކައިވެނީގެ ގޮތުގައި ބެލެވޭއިރު އެ ދެތަރިން ވެސް ވަނީ އެކިފަހަރު މަތިން އެ ދެމީހުންގެ ގުޅުމާއި އާއިލާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން މީގެ ކުރިން ހެމާ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދުވަހަކު ވެސް އޭނާގެ ފިރިމީހާއަށް ކައްކައިނުދޭ ކަމަށް ބުނެފައިވެ އެވެ.
ހެމާ ބުނީ އޭނާ ކައްކަން ދަސްކުރީ ދަރިން ލިބުމަށްފަހު އެ ދަރިން އޭނާގެ އަތުން ކައްކާފައިވާ ކެއުންތައް ކާން ނުލިބޭތީ ޝަކުވާ ކުރުމުން ކަމަށެވެ.
"ދަރްމެންދްރަ އުފަލުގައި ބަހައްޓަން ދުވަހަކު ވެސް އަހަރެން އޭނައަށް ކައްކައިދީފައެއް ނުވާނެ. އަހަރެން ދެމީހުން ވެސް އުޅުނީ މަސައްކަތުގައި އަވަދިނެތި" ހެމާ ބުނެފައިވެ އެވެ.
1980 ވަނަ އަހަރު ހެމާއާއި ދަރްމެންދްރަ ކުރި ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ އިޝާ ޑިއޯލްއާއި އަހާނާ ޑިއޯލް އެވެ.
ހޮރްމޫޒުން ދަތުރުކުރާ ސްޕެއިން ބޯޓުތަކުން ފީ ނުނަގަން ނިންމައިފި
ސީޓް އިތުރުކޮށް ޓިކެޓް ވިއްކަނީ؛ އަގު 5،000 ޑޮލަރުން މަތީގައި
ރިސޯޓް މުވައްޒަފުންނަށް އާ ހޯމް ފައިނޭންސިންއެއް