ސަލްމާން ޚާނާ އެކު "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން މަޝްހޫރުވި ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރެކެވެ. އަބިމަންޔޫ އާއި ގުޅުން ހުރި ގިނަ ވާހަކަތަކެއް މީޑިއާގެ އަބަދުވެސް ދެކެވެ. އެގޮތުން ލޯބީގެ ގޮތުން މިހާރު ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ ބޮލީވުޑްގެ އާ ޖޯޑަކީ އަބިމަންޔޫ ދައްސާނީ އާއި ޝްރެޔާ ދަންވަންތަރީ އެވެ.
މި ދެ ތަރިން ދިމާވެފައިވަނީ މިހާރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ނައުސިހިޔޭ"ގެ ޝޫޓިންގެ ތެރެއިންނެވެ. މިފިލްމުގެ ޝޫޓިންގެ ތެރެއިން މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އެރި އެވެ. އެހެން ނަމަވެސް އަބިމަންޔޫ އާއި ޝްރެޔާވެސް މިކަން އަދި ކަށަވަރުކޮށެއްނުދެ އެވެ.
ބޮލީވުޑަށް އަބިމަންޔޫ ނުކުތީ އެކްޓިން ވެސް ކިޔައިގެންނެވެ. އެމެރިކާގެ ނިއު ޔޯކް ފިލްމު އެކެޑެމީ އިން ފިލްމު މޭކިން ކިޔެވުމުގެ ކުރިން، އެކްޓިން ދަސްކުރަން ރަސްމީކޮށް އެންމެ ފުރަތަމަ އޭނާ ދިޔަ ތަނަކީ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އެކްޓިން ސްކޫލެވެ.
އެކްޓަރެއްގެ ގޮތުގައި ދަތުރު ފަށައިގަތުމުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ އަބިމަންޔޫ ވަނީ ދެ ފިލްމެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައ ވެސް މަސައްކަތްކޮށްގަ އެވެ. އެއީ ޑައިރެކްޓަރު ރޯހަން ސިއްޕީއާ އެކު 2011 ގެ "ދަމް މަރޮ ދަމް" އާއި 2013 ގެ "ނޯޓަންކީ ސާލާ" ގަ އެވެ.
އަބިމަންޔޫ ދައްސާނީގެ ފުރަތަމަ ފިލްމު، 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމެއް ނޫނެވެ. އެކަމަކު އެއީ ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމެކެވެ.