ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ބިޕާޝާ ބާސޫގެ ދެކޮޅުވެރިކަމަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ ދެކޮޅުވެރި ކަމެކެވެ.
އެއް އިރެއްގައި ގާތް ރަހުމަތްތެރިން ކަމުގައި ވިނަމަވެސް މި ދެތަރިން ހަތަރު ކަޅި ހަމަނުކުރާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. 2002 ވަނަ އަހަރު ކަރީނާ ދިން އިންޓަވިއުއެއްގައި ބިޕާޝާއަށް ފިލްމީ ދާއިރާއިން މަޝްހޫރުކަން ލިބުނީ އޭނާގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ދެތަރިން އެކުގައި ފެނިގެން ދިޔަ "އަޖްނަބީ" ފިލްމުގެ ތެރެއިން ކަރީނާއާއެކު ޖެހުނު މައްސަލައަކީ ބިޕާޝާއަށް މީހުންގެ ސަމާލުކަން ލިބުނު މައިގަނޑު ސަބަބު ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.
"އޭނާގެ ހުނަރާ މެދު އޭނާގެ އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނުކުރޭ. ކިރިޔާ ވެސް މީހުންގެ ލޮލުގައި އަޅައިގަތީ އަހަންނާއެކު ޖެހުނު މައްސަލައިގެ ސަބަބުން،" ކަރީނާ ބުންޏެވެ.
ބިޕާޝާގެ އިތުރުން ވެސް ބޮލީވުޑްގެ އެހެން ތަރިން ތަކަކާއެކުވެސް ކަރީނާގެ ދެކޮޅުވެރިކަން އާއްމުވެފައިވެ އެވެ. އޭގެ ތެރޭގައި "އެއިތްރާޒް"ގެ ކޯސްޓާރު ޕްރިޔަންކާ ޗޯޕްރާއާއި ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރު ވެސް ހިމެނެ އެވެ.
ނަފްސާނީ ބަލިތަކަށް އެހީތެރިކަން ހޯދުން މުހިންމުވަނީ ކީއްވެ؟
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
މަސްޖިދުއް ނަބަވީގެ ސައުންޑް ސިސްޓަމް: ތަފާތު ތާރީހެއް އެކުލެވޭ