ބޮލީވުޑްގެ އެންމެ އާ ޖޯޑެއްގެ ގޮތުގައި މިހާރު ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އެއްޖޯޑަކީ އަދިތުޔާ ރޯއީ ކަޕޫރާއި އަނަންޔާ ޕާންޑޭ އެވެ.
ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ ޕްރޮޖެކްޓެއްގައި އެ ދެ ތަރިން އެކުގައި ފެންނައިރު އިތުރު އިޝްތިހާރުތަކަކާއި އެންޑޯޒްމަންޓްތަކެއްގައި ވެސް އެ ދެމީހުން އެކުގައި ސޮއި ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ކަރަން ޖޯހަރުގެ 50 ވަނަ އުފަން ދުވަހުގެ ޕާޓީގެ ތެރެއިން އަދިތުޔާއާއި އަނަންޔާގެ ގުޅުން މީޑިއާގެ ލޮލުގައި އަޅައިގަތްއިރު އަނަންޔާ ވަނީ އަދިތުޔާގެ ފޮޓޯއެއްވެސް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
ވަރަށް ފަހުން މި ދެތަރިން އެކުގައި ސްޕެއިންގެ ލިޒްބަންގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ވެސް ވަނީ އާއްމުވެފަ އެވެ. އެ ފޮޓޯތަކުގައި ދެ މީހުން ވެސް ފެންނަނީ ވަރަށް ގާތް ކޮށެވެ.
އަދިތުޔާއާއި އަނަންޔާ އެކުގައި ފެންނަ ފެނުން ގިނަވެފައިވާއިރު އެ ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރު ވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފަ އެވެ.
އެހެން ނަމަވެސް މި އަޑުތައް އެ ދެތަރިން ނޫނީ ދާއިރާގެ އެއްވެސް މީހަކު ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ދަރްމާ ޕްރޮޑަކްޝަންގެ ބަހެއް ވެސް އިންޑިއާގެ މީޑިއާއަށް ލިބިފައެއް ނުވެ އެވެ.