ބޮލީވުޑްގައި މަސައްކަތްކުރާ ފަރާތްތަކަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ވާހަކަތައް ވެޓަރަން އެކްޓަރު ނަސީރުއްދީން ޝާހް ބަންޑުން ކޮށްލައިފި އެވެ.
ބޮލީވުޑްގެ ބައެއް ޝަހްސިއްޔަތުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާއެއް ޝަރަފުވެރިކޮށް ދެއްކި ވާހަކައިގައި އޭނާ ބުނެފައިވަނީ ހަގީގީ މާނައިގައި އެ ބައެއްގެ އަގު ވަޒަން ކުރަންވީ މީހުންގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.
އެގޮތުން ފިލްމުތަކުގެ ކެމެރާ ފުރަގަހުން މަސައްކަތްކުރާ ލައިޓްސްމަނުންނާއި އެޑިޓަރުން ފަދަ މީހުންނަށް އެ މަސައްކަތުން އެދެވިގެންވާ އާމްދަނީއެއް ނުލިބޭކަން އޭނާ ފާހަގަކުރި އެވެ.
ހޮލީވުޑްއާ އަޅާކިޔަމުން ނަސީރުއްދީން ބުނީ މިކަމުގެ ސަބަބުން އެދެވިގެންވާ މަސައްކަތްތައް ވެސް ނުކުރެވޭ ކަމަށާއި މިހާރު ކުރިއަށްދާ ލިޔުންތެރިންގެ މުޒާހަރާއަކީ ވެސް އޭގެ މިސާލެއް ކަމަށެވެ.
ނަސީރުއްދީންއަކީ ބޮލީވުޑްގެ ކަންކަމުގައި އޭނާގެ ޚިޔާލު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާ ކުރަމުން އަންނަ ފަރާތެކެވެ. އެ ޚިޔާލުތަކުގެ ސަބަބުން އޭނާ މަޝްހޫރުވެފައި އޮންނަނީ "މައްސަލަ ބޮޑު" އެކްޓަރެއްގެ ގޮތުގަ އެވެ.
1980ގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ ނަސީރުއްދީންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މޭ ހޫން ނާ" އަދި " ދަ ޑާޓީ ޕިކްޗާ ހިމެނެ" އެވެ.

ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!