ހިންދީ ސީރީޒްތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެކްޓަރެއް ކަމަށްވާ މޯހިތު މަލިކް މުމްބާއީގައި އޭނާގެ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

މުމްބާއީގެ އެންމެ ބައިބޯ އެއް ސަަރަހައްދުގައި ހުޅުވި މި ރެސްޓޯރެންޓުން އެކި ކަހަލަ ކެއުންތައް ލިބިގެންދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

ރެސްޓޯރެންޓް ހުޅުވަން ބޭއްވި ހަފްލާގައި ޓީވީ އިންޑަސްޓްރީގެ ގިނަ ތަރިންނާއި ބޮލީވުޑްގެ ބައެއް ޝަހްސިއްޔަތުން ވެސް ފެނިފައިވެ އެވެ.

އެގޮތުން ފެނުނު ބައެއް ތަރިންގެ ތެރޭގައި ކަރަން ކުންދްރާ، ތޭޖަސްވީ ޕްރަކާޝް، ސަނާޔާ އިރާނީ، ދިވްޔަންކާ ޓްރިޕާތީ އަދި އަންޖަލީ އާނަންދު ހިމެނެ އެވެ.

މޯހިތު ދެން އެންމެ އަވަހަށް ފެންނާނީ ރާޖަން ޝާހީ ޕްރޮޑިއުސްކޮށް ސްޓާ ޕްލަސްއިން ދައްކަމުން އަަންނަ "ބާތޭން ކުޗް އަންކަހީ ސީ" ސީރީޒްއިންނެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ "ކުލްފީ ކުމާރް ބާޖޭވާލާ" އަދި "ބަނޫ މޭ ތެރީ ދުލްހަން" ފަދަ ސީރީޒްތަކުގައި މަސައްކަތް ކޮށްފަ އެވެ.