2012 ވަނަ އަހަރު ނުކުތް " ބަރްފީ" ފިލްމުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އިލިއާނާ ޑި ކްރޫޒްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

މިކަން ހާމަ ކުރަމުން ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯއަކާއެކު އިލިއާނާ ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ ދަރިފުޅު އުފަންވީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

ދަރިފުޅުގެ ނަމަކަށް "ކޯއާ ފީނިކްސް ޑޯލަން" ކިޔާފައިވާއިރު ދަރިފުޅުގެ ބައްޕައަކީ ކާކު ކަމެއް އަދިވެސް އިލިއާނާ ހިއްސާކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް އޭނާ އުޅެނީ ކެޓްރީނާ ކައިފްގެ ބޭބެ ސަބޭސްޓިއަން ކައިފްއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް މިފަހުން އަޑު ފެތުރިފައިވެ އެވެ.

އެއާއެކު އިލިއާނާ ވަނީ އޭނާގެ ސިއްރު ލޯބިވެރިޔާއާ މި އަހަރުގެ މެއި މަހު ކައިވެނި ކޮށްފައި ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެފައިވެ އެވެ.

އިލިއާނާ ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ މީގެ ދެތިން މަސް ކުރިން ހިއްސާކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.