ރަޖްނީކާންތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންޑިއާގެ "މެގަ ސްޓާރުން"ގެ ތެރެއިން ގުނާލެވޭ ފަންނާނެކެވެ. އޭނާގެ ފިލްމުތަކަކީ އާއްމުންގެ މެދުގައި ކާމިޔާބު ފިލްމުތަކެކެވެ.

ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ"އަކީ ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ފިލްމު ނެރެން ހަމަޖެހިފައިވާއިރު އެ ފިލްމުގެ އަޑު މިވަނީ ގަދަވެފަ އެވެ.

އެންމެ ފަހުން ހަބަރުތަކުގެ ސުރުހީއަށް އައިސްފައިވަނީ ރަޖްނީކާންތުގެ ފިލްމު އެޅުވުމާ ގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ އޮފީސްތައް ބަންދުކުރި ހަބަރެވެ.

އެގޮތުން އުތުރު އިންޑިއާގެ ބެންގަލޫރާއި ޗެންނާއީގެ ބައެއް އަމިއްލަ އޮފީސްތައް އަންނަ ބުރާސްފަތި ދުވަހު ބަންދުކޮށް މުވައްޒަފުންނަށް ރަޖްނީކާންތުގެ ފިލްމު ބަލަން ދެވޭނެ ގޮތް ހަމަޖައްސާފައިވާން އެ އޮފީސްތަކުން މުވައްޒަފުންނަށް ވވަނީ އަންގާފަ އެވެ.

ބުރާސްފަތި ދުވަހު އޮފީސް ބަންދުކުރި ބައެއް ކުންފުނި ތަކުން ބުނެފައިވަނީ އެދުވަސް ބަންދުކުރީ އެ ދުވަހު މުވައްޒަފުން ނަގާ ޗުއްޓީތައް މަދު ކުރުމަށް ކަމަށެވެ.

ރަޖްނީކާންތަކީ އުުތުރުގެ އެކްޓަރަކަށް ވާއިރު އޭނާއަށް އެ ސަރަހައްދުގައި ވަރަށް ބޮޑު ތަރުހީބެއް އޮވެ އެވެ.