މިފަހުން ސިނަމާ ތަކުގައި އެޅުވި "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އަށް ފަހު އެ ފިލްމުގެ ލީޑު އެކްޓަރު ރަންވީރު ސިންހްއަށް ލޯބީގެ ސިޓީތައް ލިބުން އިތުރުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ސެޝަންއެއްގެ ތެރެއިން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރަންވީރު ބުނީ ފިލްމު ރިލީޒް ކުރި ފަހުން ގިނަ އަދަދެއްގެ ލޯބީގެ ސިޓީތައް ލިބިފައިވާ ކަމަށާއި އެ ސިޓީތަކުގައި އޭނާއަށް ވަރަށް ތައުރީފް ވެސް ކޮށްފައި ހުންނަ ކަމަށެވެ.

އެ ހުރިހާ ސިޓީތައް ކިޔާ ކަމަށް ބުނަމުން ރަންވީރު އިތުރަށް ބުނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީއަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމަށް މިހާރު ވަނީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.

ރަންވީރުގެ އިތުރުން އާލިއާ ބަޓް ލީޑު ރޯލުން ފެންނަ އެ ފިލްމުގައި އެ ދެތަރިން ދައްކުވައިދީފައިވާ އެކްޓިންއާއި އެ ދެމީހުންގެ ޖޯޑަށް ވެސް ގިނަ ބަޔަކު އްންނަނީ ތައުރީފް ކުރަމުންނެވެ.