އައްޑު ސިޓީ އިން ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭން ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީގެ ހަތަރު އަވަށަކުން 1000 ގޯތި ދޫކުރުމަށް މިއަހަރު ކުރީ ކޮޅު ވަނީ ނިންމާފަ އެވެ.
އެއީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި
ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި
ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި
މީދޫން 2000 އަކަފޫޓުގެ 100 ގޯއްޗެވެ.
އައްޑު އިން ޝަރުތުހަމަވާ އެންމެނަށް ގޯތި ދޭނެ ކަން ހާމަ ކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އެވެ. ނިޒާރު ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވީ އައްޑޫ ސިޓީ އިން ގޯތިއަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް އިން ނިންމަފައިވާ ކަމަށެވެ.
ފުރަތަމަ ފަހަރަށް ކައިވެނި ނުކޮއް ތިބިކަމުގައި ވިޔަސް ޒުވާނުންނަށްވެސް ގޯތިދޭން ކައުންސިލްއިން ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ އަދި ޝަރުތު ހަމަވެ ގޯތި ލިބޭމީހުންގެ ލިސްޓު މާދަން އިއުލާން ކުރާނެ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑު އިން ގޯތި ދޫކުރުމަސް ނިންމާ ހުޅުވާލި ފުރުސަތުގައިގޯއްޗަށް އެދި 4,160 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3970 މީހުންނެވެ.