އައްޑޫ ސިޓީ އިން ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވެ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި އެވެ.

އައްޑޫ ސިޓީގެ ހަތަރު އަވަށަކުން 1000 ގޯތި ދޫކުރުމަށް މިއަހަރު ކުރީ ކޮޅު ވަނީ ނިންމާފަ އެވެ.

އެ 1000 ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3،972 މީހުންނެވެ. އަދި ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭނެ ކަމަށެވެ.

އައްޑޫ އިން ގޯތި ދޭން ނިންމާފައި ވަނީ:

އެއީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި

ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި

ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި

މީދޫން 2000 އަކަފޫޓުގެ 100 ގޯއްތި