ބޮލީވުޑްގެ މަޝްހޫރު ޖޯޑު ރިތޭޝް ދޭޝްމުކްއާއި ޖެނީލިއާ ޑި ސޫޒާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މި އަޑުތައް މީޑިއާގައި ގަދަވެފައި މިވަނީ އެންމެ ފަހުން އެ ދެމަފިރިން އެކުގައި ފެނުނު ފެނިލުމުގައި ބަނޑުބޮޑުހެން ހީވާ ކަހަލަ ހެދުމެއް ލައިގެން ހުރުމުންނެވެ.

މި އަޑުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިތޭޝް ވަނީ އިތުރު ދެތިން ކުދިން ހޯދަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެ އަޑުތަކަކީ ދޮގެއް ކަމަށެވެ.

2012 ވަނަ އަހަރު ކައިވެނިކުރި ރިތޭޝްއާއި ޖެނީލިއާއަށް މިހާތަނަށް ދެކުދިން ލިބިފައިވެ އެވެ. އެއީ 8 އަހަރުގެ ރައާންއާއި ހަތް އަހަރުގެ ރަހީލް އެވެ.

ބޮލީވުޑް ފިލްމުތަކުން ޖެނީލިއާ ފެންނަ މިންވަރު ނިސްބަތުން މަދު ނަމަވެސް ރިތޭޝްއަކީ ގިނަ ކޮމެޑީ ފިލްމުތަކުން އާއްމުންގެ މަގްބޫލުކަން ހޯދާފައިވާ ތަރި އެކެވެ.

އެ ދެމަފިރިންގެ މިހާރު ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ސޯޝަލް މީޑައާގައި ތަފާތު މަޖާ ކޮންޓެންޓްތައް އުފައްދައި ހިއްސާ ކުރުމެވެ.