ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރު ވެސް ބޮލީވުޑަށް ތައާރަފް ވާން އުޅޭ ކަމުގެ އިޝާރާތެއް އޭނާގެ ބޮޑުދައިތަ ޕޫޖާ ބަޓް ދީފި އެވެ.

މީޑިއާއަށް މިފަހުން ދިން އިންޓަވިއުއެއްގައި ޕޫޖާ ބުނީ ބަޓް އާއިލާއިން ކޮންމެ 20 އަަހަރަކުން ސްޓާރެއް އުފައްދާ ކަމަށާއި ރަހާ އެއީ ވެސް ތަރިއެއް ކަމަށެވެ.

"މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ އަހަރެން، 20 އަހަރު ކުރިން އާލިއާ، ދެން ކުރިއަށް އޮތީ ރަހާ" ޕޫޖާ ބުނެފައިވެ އެވެ.

ޕޫޖާ އިތުރަށް ބުނީ އެ އާއިލާގެ އެހެން ތަރިންނެކޭ އެއްފަދައިން ރަހާއަކީ ވެސް ހުނަރުވެރި މީހުންގެ މަގްބޫލުކަން ލިބޭނެ ތަރިއެއް ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

2022 ވަނަ އަހަރު އޭޕްރީލް މަހު ކައިވެނިކުރި ރަންބީރާއި އާލިއާއަށް ރަހާ ލިބިފައިވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ ރަހާގެ މަންމަ އާލިއާ ވެސް ވަރަށް ޅަ އުމުރުގައި އޭނާގެ ބައްފަގެ ބައެއް ފިލްމުތަކުން ފެނިފައިވާ ކަމެވެ.

ހަމައެއާއެކު ރަހާގެ ބައްޕަ ރަންބީރަކީ ވެސް ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އެހެން ކަމުން ރަހާ ވެސް ބޮލީވުޑަށް ނުކުންނާނެ ކަމަށް މީގެ ކުރިން ވެސް މީހުން އައީ ބުނަމުންނެވެ.