"ބިގް ބޮސް އޯޓީޓީ 2" އިން ބެލުންތެރިންގެ މެދުގައި މަގުބޫލު ކަމެއް ހޯދި މަނީޝާ ރާނީ އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މަނީޝާ އާއި ޓޯނޫ ފެނިގެންދާ ލަވަ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެލަވައަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

"ސައްޔާ ރެހްތޭ ޖަމުނާ ޕާރް" ގެ ނަން ދީފައިވާ މި ލަވަ ކިޔައިފައިވަނީ ޓޯނީ އާއި އޭނާ ގެ ދައްތަ މަޝްހޫރު ލަވަ ކިއުންތެރިޔާ ނޭހާ ކައްކަރު އެވެ.

https://www.youtube.com/watch?v=kmvO8W4n-KI

ނޭހާ އާއި ޓޯނީ ކިޔާފައިވާ ލަވަތަކަކީ މިހާރަކަށް އައިސް ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެންދާ ލަވަތަކެވެ. ލަވަކިޔުމުގެ އިތުރުން ޓޯނީ އާއި ނޭހާ ބައެއް ލަވަތަކުގެ ވީޑިއޯގައި ވެސް ފެނިގެން ގޮސްފަ އެވެ.

މަނީޝާ އަކީ ސޯޝަލް މީޑިއާގައި ތަފާތު މަޖާ ވީޑިއޯ ތަށް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. މަނީޝާ "ބިގްބޮސް އޯޓީޓީ 2" ގައި ބައިވެރިވި އެސޯގެ ގަދަ ތިނެއްގައި ހިމެނިގެން ދިޔަ އެވެ.