ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމައިފި އެވެ.

މިރޭ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ކައުންސިލް ބައްދަލުވުމަށް ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ރައީސް ސޯލިހާ އެކު ދެވަނަ ބުރުގައި ވެސް ކުރިއަށް ދިއުމާއި، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމާއި އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބުމަށެވެ.

އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ވޯޓުދެއްވީ ދެ ބޭފުޅުންނެވެ. ރައީސް ސޯލިހާއެކު ކުރިއަށްދާން ވޯޓު ދެއްވީ ވެސް ދެ ބޭފުޅުންނެވެ. ޑރ. މުއިއްޒަށް ތާއީދު ކުރަން 33 މެންބަރުން ވޯޓުދެއްވި އެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން، ރައީސް ސޯލިހަށްވުރެ ވުރެ ބޮޑު ތާއީދެއް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ބޭފުޅުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދުނު ކަމަށެވެ.

އެމްޑީއޭ އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެ ޕާޓީގެ ރައީސް ސިޔާމާއި އެކި ބޭފުޅުން މީގެކުރިން ވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.