ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި އެވެ.
"ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ވީހާ ވެސް އަވަހަކަށް ކުރައްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްވި އެވެ.
އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކެޓްރީ ހުސައިން އާމިރެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
ރައީސް އޮފީހުން ބުނީ އިންތިހާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނޭ ޓީމެއްގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.
ރައީސްއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދަން އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
ރިފަރެމްޑަމް ވޯޓުގައި ސަރުކާރަށް ޕީއެސްއެމްއިން ކެމްޕޭން ކޮށްދެނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
