ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އަދި ޖުމްލަ ނަތީޖާ އިލެކްޝަނުން މިއަދު ޢާންމު ކޮށްފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާން ކުރާނެ ކަމަށެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.
ފުރަތަމަ ހަ މަހު ބީއެމްއެލްގެ ޖުމްލަ އާމްދަނީ އަކީ 3.2 ބިލިއަން
40ގެ އަހަރުތަކުގައި ދަރިމައިވާ އަންހެނުންގެ އަދަދު ގިނަ ވަނީ!
އެމްޑީޕީ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު: ނަޝީދު
