ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރާއްޖޭގައި ހިންގާ ނޫހަކުން ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕެއިނެއް ވެސް ހިންގި ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ފަރާތުން މިއަދު ބުނެފި އެވެ.
އިންތިހާބު މޮނީޓާ ކުރުމަށް އީޔޫގެ ފަރާތުން ރާއްޖެ އައި ވަފުދުން މިއަދު ނެރުނު އިބްތިދާއީ ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ސޯޝަލް މީޑިއާ އިންފްލުއެންޒާސް ހަގީގަތާ ހިލާފު ވާހަކަތައް ވަރަށް ބޮޑަށް ފަތުރަމުންދިޔަ ކަމަށެވެ.
އީޔޫގެ ބަޔާނުގައި ވަނީ "ދިޔަރެސް" ނޫހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް "ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް" ހިންގި ކަމަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ދެ ކެންޑިޑޭޓުންނާ ދެކޮޅަށް ވެސް ހަގީގަތް ހޯދާފައިނުވާ ތުހުމަތުތައް ފަތުރާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އޮންލައިންކޮށް ހިންގާ ނޫހެއް ކަމުގައިވާ ދިޔަރެސް އިން މިހާރު ހުންނެވި ރައީސްއާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު." އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރަމުންދިޔަ ކަމަށް އީޔޫގެ ބަޔާނުގައިވެ އެވެ.
ޔަގީނެއްނު ތި ދިޔަރެސް ކަން