ޕީއެންސީގެ ރައީސް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފި އެވެ.
ޑރ. މުއިއްޒު ޕީއެންސީގެ ރައީސް ކަމަށް އިންތިހާބު ކުރީ މިރޭ ބޭއްވި އެޕާޓީގެ މެމްބަރުންގެ މަޖިލީހުންނެވެ.
މިރޭ ބޭއްވި ޕީއެންސީގެ މެމްބަރުންގެ މަޖިލީހުގައި ޕީއެންސީގެ ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބު ކޮށްފައިވާއިރު އެޕާޓީގެ ނައިބު ރައީސް ކަމަށް އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިހާބު ކޮށްފަ އެވެ. އަދި އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިން ޕީއެންސީގެ ރައީސް ގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވަނީ އިންތިހާބު ކޮށްފަ އެވެ.
ޑރ. މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ރައީސް އަބްﷲ ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެވުމުންނެވެ. މުއިއްޒު އާއި ހުސައިން މުހައްމަދު ލަތީފް ވަނީ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ.
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
