ބަލިވެ އިނުމާއި އެކު އާންމުކޮށް މީހުން ބުއިން ހުއްޓާލާ އެއްޗެހީގެ ތެރޭގައި ލުއި ބުއިންތަކާއި ކޮފީ ހިމެނެ އެވެ. އެކަމަށް ޑޮކްޓަރު ލަފާދެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ކޮފީ ބުއިމުން ލިބޭ ގެއްލުންތަކަށެވެ.
މާބަނޑު އިރު ކޮފީ ބޯނަމަ ކުރީކޮޅު ބައިގެންދިއުމުގެ ފުރުސަތު ބޮޑެވެ. އަދި ބަނޑުގައި ދަރިފުޅު ހެދިބޮޑުވާ މިންވަރަށް ބަދަލު އާދެ އެވެ. މީގެ އިތުރުން ދަރިފުޅުގެ ގުނަވަންތައް އުފެދުމުގައި ނުރައްކާތެރި ހިސާބަކަށް ކަންކަން ދިއުމުގެ ފުރުސަތު ފަހިވެގެން ދާއިރު އޭގެ ތެރޭގައި ކުއްޖާގެ ހިތުގެ މައްސަލަތައް ޖެހުން އިތުރުވެދާނެ އެވެ.
މާބަނޑު އިރު ކަޅު ސައި ބޯނަމަ ދަރިފުޅު އުފަންވާ ފަހުން ދިމާވާ މައްސަލަތަކުގެ ތެރޭގައި އާދަޔާ ހިލާފަށް ކުއްޖާގެ ބަރުދަން އުމުރާ ނުގުޅޭ ވަރަށް އިތުރުވުން ހިމެނެ އެވެ. އަދި ކޮފީ އަދި ކަޅު ސައި ފަދަ އެއްޗެހި ބޯން ނުޖެހޭ އުމުރުގައި ކުއްޖާ ބޯ ހިތްވުން އާންމު ކަމަށް ވެދާނެ އެވެ.
ކޮފީގެ ސަބަބުން ކުއްޖާއަށް މިފަދަ ބަދަލުތައް އަންނަނީ ހާއްސަކޮށް ކޮފީ ބުއިމުއިން އޭގެ ކެފެއިން ހަށިގަނޑުގެ ހިމަ ނާރުތަކުގެ އިތުރުން ހުރިހާ ޓިޝޫތަކަކަށް ކުރާތީ އެވެ. އެއާއި އެކު ވަރަށް އަވަހަށް ބަނޑުގައިވާ ދަރިފުޅަށް ކެފެއިންގެ އަސަރު ކުރާތީ އެވެ.