ކަލާސްއިން ދެއްކި "ބިގް ބޮސް 8" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ކަރިޝްމާ ޓަންނާއަށް ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލްއެއްގައި އެވޯޑެއް ލިބިއްޖެ އެވެ.
ދެކުނު ކޮރެއާގެ "ބުސާން ފިލްމު ފެސްޓިވަލް"ގައި ކަރިޝްމާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ ނެޓްފްލިކްސް ސީރީޒް "ސްކޫޕް"ގައި އޭނާ ކުޅެމުން އަންނަ ރޯލަށެވެ.
ކަރިޝްމާއަކީ ބުސާން ފިލްމް ފެސްޓިވަލްގެ ތެރެއިން ވަކިވަކި ފަރުދުންގެ އެވޯޑަކަށް ނޮމިނޭޓްވި އިންޑިއާގެ ހަމައެކަނި ފަރާތް ވެސްމެ އެވެ.
އިންޑިއާގެ ސީރީޒްއެއް ކަމަށްވާ "ސްކޫޕް"އަށް ވަނީ އެންމެ މޮޅު ސީރީޒްގެ އެވޯޑްވެސް ލިބިފަ އެވެ. ޕްރޮޑިއުސަރުންގެ ފަރާތުން އެ އެވޯޑާ ހަވާލުވީ ވެސް ކަރިޝްމާ އެވެ.
ވަރަށް ޅަ އުމުރެއްގައި އެކްޓިންގެ ދާއިރާއަށް ނުކުތް ކަރިޝްމާ ގިނަ މީހުންނަށް ފާހަގަވާން ފެށީ "ބިގް ބޮސް"އާއި "ނަޗް ބަލިއޭ" ފަދަ ރިއަލިޓީ ޝޯތަކުގައި ބައިވެރިވި ހިސާބުންނެވެ.

ގެއްލިގެން ހޯދި އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ
މީހަކު ކިޑްނެޕް ކުރިމަކުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރަށް
ފޭދޫގެ ސެލޫނެއްގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ