ބިގް ބޮސް 13އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޝެހެނާޒް ގިލްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝެހެނާޒުއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ތެންކްޔޫ ފޯ ކަމިންގް"ގެ ޕްރޮމޯޝަންތަކުގައި އުޅެމުން ދަނިކޮށް ކާނާ ވިހަ ވެގެންނެވެ.
އެގޮތުން މުމްބާއީގެ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގައި ޝެހެނާޒް އެޑްމިޓްކޮށް ފަރުވާ ދީފައިވާއިރު މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅު ވަމުންނެވެ.
ސިއްހީ ހާލަތާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޝެހެނާޒް ބުނީ ކެވުނު ސޭންޑްވިޗްއެއްގެ ސަބަބުން ބަލިވީ ކަމަށާއި އެހެން ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށެވެ.
ޝެހެނާޒް ގިނަ ބައެއްގެ ސަމާލުކަން ހޯދީ ބިގްބޮސް 13ގެ ތެރެއިން އެ ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ސިދްހާތު ޝުކްލާއާ ލޯބީގެ ގޮތުން ގުޅުމުންނެވެ. ސިދްހާތު ވަނީ 2021 ވަނަ އަހަރު މަރުވެފަ އެވެ.
ނޭވާ ހިއްލުމާއި ހިތުގެ ބަލިތަކާ ގުޅުމެއް ވޭތަ؟
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން