ބޮލީވުޑްގެ އަރަމުން އަންނަ މަގްބޫލު ތަރި އަނަންޔާ ޕާންޑޭ ދިވެހި ރާއްޖޭގައި އޭނާގެ 25 ވަނަ އުފަން ދުވަސް ފާހަގަ ކުރަމުން އެބަދެ އެވެ.

އަނަންޔާ އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ހިއްސާކުރި ޕޯސްޓެއްގައި ރާއްޖޭގެ ރިސޯޓެއްގައި އުފަންދުވަސް ފާހަގަކުރާ މަންޒަރު ފެނިގެންދެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަނަންޔާ ރާއްޖެއަށް އައީ އޭނާގެ ލޯބިވެރިޔާ އަދިތުޔާ ރޯއީ ކަޕޫރުއާއެކުގަ އެވެ. އެ ދެމީހުން ވަރަށް ފަހުން އެއާޕޯޓުން އެކުގައި ފެނިފައިވެ އެވެ.

އަނަންޔާ އުފަން ދުވަސް ފާހަގަ ކުރަމުން އަންނަނީ ރާއްޖޭގެ ކޮން ސޮނޭވާ ޖާނީ ރިސޯޓުގަ އެވެ. އޭނާ އަންނަނީ އެ ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ވެސް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އަނަންޔާގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ މަންމަގެ އިތުރުން އެންމެ ގާތް އެކުވެރިޔާ ސުހާނާ ޚާން ވެސް ވަނީ ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަނަންޔާގެ ކުރިއަށް އޮތް މަސައްކަތަކީ "ޑްރީމް ގާލް 2"އެވެ. އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ އެވެ.