ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވޯޓު ލާން އަންދާޒާކުރެވޭ ވަގުތު ދެނެގަންނަން "ޑަމީ އިންތިހާބެއް" އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފި އެވެ.

އީސީން ބުނީ ފެށީ ޑަމީ އިންތިހާބުން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އިންތިހާބު ބާއްވަން ހޭދަވާ ވަގުތެއް ހޯދައި އަންދާޒާއެއް ހެދޭނެ ކަމަށެވެ.

އީސީގެ ޑަމީ އިންތިހާބުގެ މުވައްޒަފުން ތިބެނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅު އަޅައިގެންނެވެ. ޑަމީ އިންތިހާބު ކުރިޔަށް ގެންދަނީ އިންތިހާބާއި ބެހޭ މަރުކަޒުގަ އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާ ތާރީހަކީ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ޑަމީ އިންތިހާބެއް މިއަދު ކުރިޔަށް ގެންދަނީ. ފޮޓޯ: އިލެކްޝަންސް

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އޭޕްރިލް 10 ގައި ބާއްވަން ތާވަލުކުރި ނަމަވެސް ބަޖެޓާއި އެހެނިހެން ބައެއް ދަތިިތައް ހުރިކަން އިލެކްޝަނަސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އިންތިކާބާއި ބެހޭ ޙާއްސަ ގާނޫނު ބުނާގޮތުން މެއިމަހުގެ 10 ވަނަދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ނުބޭވޭ ނަމަ އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.