ބޮލީވުޑްގެ އަރަމުން އަންނަ އެކްޓްރެސް އަނަންޔާ ޕާންޑޭ މުމްބާއީއިން ގެއެއް ގަތުމަށްފަހު އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
އިންސްޓަގްރާމްގައި ކުރި އެ ޕޯސްޓުގައި ރީނދޫ ކުލައިގެ ހެދުމެއް ލައިގެން ހުރި އަނަންޔާ އޭނާގެ އާ ގެއަށް ވަނުމުގެ ކުރިން ކުރި ކަމެއްގެ މަންޒަރުތައް ފެނެ އެވެ.
އެ ޕޯސްޓަށް ކޮމެންޓް ކުރަމުން ޓައިގާ ޝްރޮފްއާއި ޝިލްޕާ ޝެޓީފަދަ ޝަހްސިއްޔަތުން ވަނީ އޭނާގެ ކާމިޔާބީތަކަށްޓަކައި މަރުހަބާ ކިޔާފަ އެވެ.
އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސާރާ އަލީ ޚާންއާއެކު ކޮފީ ވިތު ކަރަންގެ މެހެމާނެއްގެ ގޮތުގަ އެވެ.
ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިން ބޮލީވުޑަށް ތައާރަފްވި އަނަންޔާއަކީ މިހާރު އެދާއިރާގައި ނަންކިޔާ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
ހީވަނީ އައްޑޫ ސިޓީ ކައުންސިލް އޮތީ ފެއިލްވެފައިހެން: މުއްތަލިބު
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް