ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ސަލްމާން ޚާންގެ "ޓައިގާ 3" އިއްޔެ ސިނަމާތަކުގައި ރިލީޒް ކުރެވިފައިވާއިރު ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.
އެގޮތުން އިއްޔެގެ ހެނދުނު 06:00 ން ފެށިގެން ފިލްމުގެ ޝޯތައް ފެށިގެން ކުރިއަށް ދިޔައިރު ހުރިހާ ޝޯއެއްހެން ހައުސްފުލް ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ފުރަތަމަ ދުވަހު އެކަނި ވެސް އެ ފިލްމަށް 100 ކްރޯޑް ލިބިފައިވާ ކަމަށް ލަފާކުރެވޭއިރު ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ފިލްމު ބެލި ގިނަ މީހުން ބުނާ ގޮތުގައި "ޓައިގާ 3" ސަލްމާންގެ އެހެން ފިލްމުތައް ފަދައިން ހުރިހާ ރަހަތަކެއް ވެސް އެކުލެވޭ ރީތި ފިލްމެއް ކަމަށެވެ.
"ޓައިގާ 3"ގެ ލީޑު ރޯލުން ސަލްމާންއާއެކު ކެޓްރީނާ ކައިފް ފެނިގެންދާއިރު ފިލްމުގެ ތެރެއިން ރިތިކް ރޯޝަންއާއި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް ފެނެ އެވެ.
"އެވެންޖާސް ޑޫމްސްޑޭ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
މާ ގިނައިރު ސްކްރީނަށް ބަލަން ޖެހޭނަމަ ލޮލަށް ސަމާލުވޭ!
ރިތިކްއާއި އޭނާގެ ދެ ދަރިންގެ ހުށައެޅުމަށް ބޮޑު ސަމާލުކަމެއް!