ރަންވީރު ސިންހްއަކީ މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު ތަރިންގެ ތެރެއިން ތަރި އެކެވެ. ފިލްމީ މަސައްކަތްތަކުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވެސް އޭނާ ވަނީ ވަދެފަ އެވެ.
އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ރަންވީރު ވަނީ މުމްބާއީގައި ހުރި އޭނާގެ ދެ އެޕާޓްމަންޓެއް ޖުމްލަ 15.25 ކްރޯޑް ރުޕީސްއަށް ވިއްކާލާފަ އެވެ.
މުމްބާއީގެ ގުރުގާއޯން އަވަށުގައި ހުންނަ އެ އެޕާޓްމަންޓުތަކަކީ 1324 އަކަފޫޓު ބޮޑު އެޕާޓްމަންޓްތަކަކަށްވާއިރު ޖުމްލަ ހަ ޕާކިން ލޮޓް ވެސް އެޕާޓްމަންޓްތަކަކާއެކު ހިމެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިމަހުގެ ކުރީކޮޅު ރަންވީރު އެ އެޕާޓްމަންޓްތައް ވިއްކާލާފައިވަނީ ހަމަ އެ އިމާރާތުގައި އުޅޭ އަމިއްލަ މީހަކަށެވެ.
ރަންވީރުގެ އިތުރުން ބޮލީވުޑްގެ އެހެން ތަރިން ކަމަށްވާ އަމީތާބް ބައްޗަންއާއި ޝާހްރުކް ޚާން ފަދަ ތަރިން ވެސް ވަނީ މީގެ ކުރިން ރިއަލް އެސްޓޭޓް ވިޔަފާރިކޮށްފަ އެވެ.

ރޯދަ ވީއްލުމަށްފަހު މާ ގިނައިން ކެވޭނަމަ މިކަންކަން ކޮށްލާ!
ޝެއިޙު ފަރީފުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވައިފި
ބޭނުން ކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރުން މައްޗަށް