އާއްމުންގެ މެދުގައި ހަކުރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ގޮތުން ރޯޑްޝޯއެއް ބޭއްވުމަށް ޓްރީ ޓޮޕްއިން ނިންމައިފި އެވެ.

މި ރޯޑްޝޯ އަކީ ހަކުރު ބަލިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަންނާނެ ގޮތްތަކާއި ހަކުރު ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުވުމަށް ބާއްވާ ރޯޑްޝޯއެެކެވެ. އަދި މި ރޯޑްޝޯގައި ބައްޔާ ގުޅޭ އާއްމު މައުލާމާތާއި ބައްޔަށް ބޭސިކް ޓެސްޓު ހެދޭނެ އެވެ.

ޓްރީ ޓޮޕްއިން ބުނި ގޮތުގައި މި ރޯޑްޝޯގައި ވަގުތުން ކޮންސަލްޓޭޝަން ދޭ ޑޮކްޓަރުންގެ ޕެނަލެއް ހަރަކާތްތެރިވާނެ އެވެ. މި ޕެނަލްގައި ގައިނޮކޮލަޖިސްޓުންނާއި، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ނިއުޓްރިޝަނިސްޓުންނާއި އެންޑޯކްރިނޮލޮޖިސްޓުންނާއި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.

މި ރޯޑްޝޯ އަށް ދާ ފަރާތްތަކުން ރެޖިސްޓާ ވާން ޖެހޭނެ އެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ރޯޑްޝޯގަ އެވެ. ރެޖިސްޓްރޭޝަނަށް ފަހު ބޭސިކް ޑައިބެޓިކް ސްކްރީނިން ޓެސްޓް ހަދާނެ އެވެ. އަދި އެ ފަރާތުގެ ހަކުރުބަލީގެ އަލާމަތްތައް ހުރިތޯ ދެނެގަންނާނެ އެވެ. މި ޕްރޮސެސްގައި ކޮންސަލްޓޭޝަން ދޭނީ ފެމިލީ މެޑިސިން ޑޮކްޓަރެކެވެ. ހަކުރު ބަލީގެ އަލާމަތްތައް ހުރި ނަމަ، އިތުރު ސްޕެޝަލިސްޓުންގެ ކޮންސަލްޓޭޝަން ލިބޭނެ އެވެ.

މި ކޮންސަލްޓޭޝަނުގައި ހަކުރު ބަލި މެނޭޖުކުރާނެ ގޮތްތަކައި ކައުން ބައްޓަން ކުރަންވީ ގޮތުގެ މައުލޫމާތާއި ބައެއް ކަސްރަތުތައް ކިޔައިދޭނެ އެވެ.

މި ރޯޑްޝޯގައި އެންޑްކްރިނޮލޮޖިސްޓުން ހަކުރު ބަލި ހުންނަ ފަރާތްތަކުން ހަދަން ޖެހޭ އިތުރު ޓެސްޓުތަކާއި ޓްރީ ޓޮޕްގައި ހަކުރު ބަލި ހުރި ފަރާތްތަކަށް ހާއްސަކޮށް ހުރި ޕެކޭޖުތަކުގެ މައުލޫމާތުތައް ދޭނެ އެވެ.

މި ރޯޑްޝޯ އޮންނާނީ އަންނަ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ރޯޑްޝޯ ކުރިއަށް ދާނީ އިރުއޮއްސި 6 އިން 8އަށް ޓްރީ ޓޮޕްގެ ކެފޭ ސަރަހައްދުގަ އެވެ.