ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާންގެ އެންމެ ފަހުގެ ފިލްމު "ބަކިންހަމް މާޑާސް"އަށްފަހު ކަރީނާ ހޮލީވުޑަށް މިިސްރާބު ޖަހާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ކަރީނާ ބުނީ ފާއިތުވި މަސްތަކުގެ ތެރޭގައި އޭނާ ޚިޔާރުކުރާ ފިލްމުތަކުގެ ވާހަކައާއި ކޮންސެޕްޓް ތަފާތުވެފައިވާ ކަމަށާއި އެހެން ނަމަވެސް ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އެއާއެކު މިހާރުވެސް އޭނާގެ ގިނަ ބޮލީވުޑް ފިލްމުތަކެއް ހުރިކަން އޭނާ ފާހަގަކުރި އެވެ. އެގޮތުން "ސިންގަމް އަގެއިން"އާއި "ދަ ކްރޫ" ފާހަގަ ކޮށްލެވެ އެވެ.
80 ޕަސެންޓް އިނގިރޭސިން އަދި 20 ޕަސެންޓް ހިންދީއިން ޝޫޓް ކުރެވިފައިވާ "ބަކިންހަމް މާޑާސް"ގައި ކަރީނާ ކުޅެދީފައިވަނީ ޑިޓެކްޓިވްއެއްގެ ރޯލެވެ.
މީގެ އިތުރުން ވެސް ކަރީނާ ވަނީ މާވެލްގެ ފިލްމު ބްލެކް ވިޑޯއަށް އަޑުވެސް އަޅައިދީފަ އެވެ. އެއީ ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މުޅިން ތަފާތު ރޯލުތަކުން ފެނިގެން ހިނގައިދާނެ ކަމަށް ކަރީނާ ބުންޏެވެ.
ސްޓޭޑިއަމް ބިމުގެ މައްސަލަ: ކޯޓުން ބޭރުން ހައްލުކުރަން މުއްދަތެއް
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
މެލޭޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ