ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ސީއީއޯ ކަމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ހަލީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޓީސީސީ އާއި އެމްޕީއެލްގެ ސީއީއޯކަން ކުރެއްވި ބޭފުޅެކެވެ.
މިހާތަނަށް އައިޖީއެމްއެޗްގެ ސީއީއޯ ކަމުގައި ހުންނެވީ ބަންދު އިބްރާހީމް ސަލީމެވެ.
ރައީސް މުއިއްޒު މިއަދު ވަނީ މާލޭ ހޮސްޕިޓަލްތައް ހިންގާ ބޯޑަކީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. ނަމަވެސް އެ ބޯޑު އިދާރީގޮތުން ހިންގާނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ސައުދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަން އެދެފި
ރާއްޖޭގައި ބުޅަލަށް ހާއްސަ ރަށެއް ތަރައްގީ ކުރަނީ
މިފްކޯގެ ޗެއާޕާސަންގެ މަގާމަށް އެމްޓީޑީސީން ވަކިކުރި ފާއިޒު
