ބަލިވެ ނޫޅުނަސް ނުވަތަ ހިރުވަން މެދުވެރިވާ ފަދަ ކަމެއް ނުވިޔަސް ބައެއް ފަހަރު ހަށިގަނޑުގެ ތަންތަން ހިރުވަ އެވެ. އެ ތަނެއް ރަނގަޅަށް ހިރުވާލުމުން ނޫނީ ހިތަށް ހިތްހަމަ ޖެހުމެއް ނުލިބެ އެވެ.

މިއީ އިންސާނުންގެ ތަބީއަތުގައި ލައްވާފައިވާ އިހުސާސަކަށް ވާއިރު އޭގެ ފަހަތުގައިވާ ސައިންސްގެ ހަގީގަތް ވަރަށް ފަހަކާ ޖެހެންދެން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

އެހެން ނަމަވެސް އެންމެ ފަހުން ހާވަޑް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް މިވަނީ ސަބަބަކާނުލާ ކުއްލިއަކަށް ހަށިގަނޑުގެ ތަންތަން ހިރުވަނީ ކީއްވެގެންކަން ހޯދާފަ އެވެ.

އެ ސައިންސްވެރިން ހެދި ދިރާސާއިން އެނގުނު ގޮތުގައި ހަށިގަނޑުގެ ތަންތަން ކުއްލިއަކަށް ހިރުވަނީ ސްޓެފިލޮކޮކަސް އެއިރިސް ނަމަކަށް ކިޔާ ޖަރާސީމެއް އިންސާނުންގެ ހަންގަނޑުގެ ވަކި ހިސާބެއްގައި ގިނަވެ އެ ހިސާބުގައި ހުންނަ ނާރުތަކަށް އޭގެ އަސަރު ކުރުމުންނެވެ.

މީދާތަކެއް ބޭނުންކޮށްގެން ހެދި އެ ދިރާސާގެ ނަތީޖާ އިންސާނުންނާ އަޅާކިޔުމުން އެ ނަތީޖާތަކަކީ އިންސާނުންނަށް ވެސް ބޭނުން ކުރެވޭނެ ނަތީޖާއެއްކަން އެނގިފައިވެ އެވެ.

ހަށިގަނޑުގެ ތަންތަން ހިރުވުމަކީ އެކްޒީމާ ފަދަ ހަމުގެ ބަލިތައް ތަހައްމަލްކުރާ ފަރާތްތަކަށް އާއްމު ކަމެކެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއް ނެތް އިންސާނުންގެ ހަންގަނޑުވެސް ހިރުވަ އެވެ.