ބޮލީވުޑްގެ ތަރިންނަކީ އިންޑިއާގެ އެންމެ މުއްސަދި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އެ މީހުންގެ ކޮންމެ ފެނިލުމެއް ފުރިހަމަ ކުރަން އެތައް ހާސް ރުފިޔާއެއް ހޭދަކޮށްލުން އެއީ އެ މީހުންނަށް އެއްވެސް ކަމެއް ނޫނެވެ. މި ބަލާލަނީ މިހާތަނަށް އެކި ހަފްލާތަކަށް ބޮލީވުޑްގެ ތަރިން އެޅި އެންމެ އަގުބޮޑު ހެދުންތަކަށެވެ.

  1. ތިމާގެ ކުއްޖެއްގެ ކައިވެނި ޕާޓީއަށް އުރްވަޝީ ރައުތޭލާ ލި ހެދުން
މި ހެދުމުގެ އަގަކީ 83 ލައްކަ އިންޑިއާ ރުޕީސް

2. އައިފާ އެވޯޑް ހަފްލާގައި އާލިޔާ ބަޓް

މި ޒުހައިރް މުރާދް ހެދުމުގެ އަގަކީ 23 ލައްކަ ރުޕީސް

3. ސޯހާ އަލީ ހާންގެ ފޮތް ނެރުމަށް ބޭއްވި ހަފްލާގައި ކަރީނާ ކަޕޫރު

ފަހެއް ޕޮއިންޓް ހަތަރު ލައްކަ ރުޕީސްގެ އަގުހުރި މި ހެދުމަކީ ބީބޫ މޮހަޕަތްރާގެ ޑިޒައިނެއް

4. 2017 ވަނަ އަހަރުގެ ކޭން ފިލްމް ފެސްޓިވަލްގައި ދީޕިކާ ޕާޑުކޯން

ޑާކް ވައިން ކުލައިގެ މި ހެދުމަކީ މާޗެސާގެ ޑިޒައިނެއް. އަގަކީ 5.17 ލައްކަ ރުޕީސް

5. އަމްބާނީ ޕާޓީގައި އައިޝްވާރިޔާ ރާއީ ބައްޗަން

މި ޓަކްސީޑޯ ގައުންގެ އަގަކީ 3.7 ލައްކަ ރުޕީސް

6. ޔުނިސެފްގެ ގްލޯބަލް ގޯލްސް އެވޯޑް 2017 ގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް

ކްރިސްޓިއަން ސިރިއާނޯގެ މި ހެދުމުގެ އަގަކީ 3 ލައްކަ ރުޕީސް

7. މަލައިކާ އަރޯރާ އެއާޕޯޓުގައި

އެކި ކުލަ ކުލަ ހުރި މި ޖެކެޓުގެ އަގަކީ 3 ލައްކަ އިންޑިއާ ރުޕީސް

8. އިވެންޓެއްގައި ކަންގަނާ ރަނޯތް

ބީހޫ މޮހަޕަތްރާގެ މި "ކަލާ ބްލޮކް" ހެދުމުގެ އަގަކީ 2 ލައްކަ އިންޑިއާ ރުޕީސް

9. ޓައިގާ ޒިންދާ ހޭ ގެ ޕްރޮމޯޝަންގައި ކެޓްރީނަ ކެއިފް

ޕްރަބަލް ގުރުންގް ގެ މި ހެދުމުގެ އަގަކީ 1.5 ލައްކަ ރުޕީސް