1990 ވަނަ އަހަރު ރިލީޒް ކުރެވުނު މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ރޭސިންގ ފިލްމު "ޑޭސް އޮފް ތަންޑާ"ގެ ސީކުއެލްއެއް އިއުލާނު ކޮށްފި އެވެ.
މިއީ އަސްލު ފިލްމު ނުކުތްތާ 38 އަހަރު ފަހުން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.
ޓޮމް ކްރޫޒް އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާކުރި ވީޑިއޯއެއްގައި މި ޚަބަރު ކަށަވަރު ކޮށްދީފައި ވާއިރު، މި ފިލްމުގައި އޭނާއާ އެކު މައިގަނޑު ރޯލަކުން ފެނިގެންދާނީ މަޝްހޫރު ބަތަލާ އޭން ހެތަވޭ އެވެ.
މި ފިލްމުގައި ޓޮމް އަލުން ފެނިގެންދާނީ އޭނާ ކުރިން ކުޅުނު ނާސްކަރް ޑްރައިވަރު ކޯލް ޓްރިކްލްގެ ރޯލުންނެވެ. އަދި އޭން ހެތަވޭ ފެނިގެންދާނީ ރޭސިންގ ޓީމެއްގެ ވެރިއެއް އަދި އިންޖީނިއަރެއްގެ ރޯލުންނެވެ.
ޕެރަމައުންޓް ޕިކްޗާސްއިން ޑިސްޓްރިބިއުޓްކުރާ މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ޖޮނަތަން ލެވިން އެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ޓޮމް ކްރޫޒާއި، ޖެރީ ބްރަކްހެއިމާ އަދި ޓޮމް ހާޕާ އެވެ.
މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލު ކޮށްފައިވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ. މިއީ އައި.އެމް.އޭ.އެކްސް އަދި ޑޮލްބީ ސިނަމާ ފަދަ ފޯމެޓްތަކަށް ހާއްސަ ކޮށްގެން އުފައްދާ ފިލްމެކެވެ.
ގަވާއިދާ ހިލާފަށް ޔުނިފޯމް އެލަވަންސް ދިން މައްސަލައެއް
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ