އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސާދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.
މި ފޯރަމްގައި ނައިބު ރައިސް ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަހައްދާއި، އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އަދި ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ސުލްހަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވައި، ދެ ގައުމުންވެސް، އިޖްތިމާއީ ތަރައްގީ އާއި، ސުލްހަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަގްސަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވި އެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސް މުއިއްޒު ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. މިގޮތުން، މި ދެގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހްތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެގައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެގައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަހައްދުގެ ނުވަދިހަ ނުވަ އިންސައްތަ އަކީ ކަނޑުގެ ސަރަހައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިޤްތިޞާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައްކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ގައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި އާންމު މުޖުތަމައުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި ފޯރަމް ވެގެންދާނީ ހިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މި ސަރަހައްދުގެ މުސްތަޤްބަލް ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށްކަން ޔަގީންކުރައްވާ ކަމުގައި ވިދާޅުވި އެވެ.
ވިޔާފާރީގެ އިލްމް ބުނެދޭ އެއްޗެއް ނޫނޭ އެއީ އާންމު އެއް ފައިސާ ނޫޓް ހުރެމެ އެއީ މުޅި ދުނިޔެ ވިޔާފާރި ކުރަން ގެންގުޅޭ ނޫޓަކަށް ހެދުން ދުނިޔެ ފެށުނު އިރު ވިޔާފާރި ކުރަނީ ފައިސާ ނުލާ މުދާ އެހެން މުދަލަކަށް ބަދަލުކުރަނީއޭ މީ ދުނިޔޭގައި އިންސާނުން އާބާދުވާން ފެށިއިރު ބޭނުންކުރި ތިއަރީއަކީ މިތިއަރީ ގެންގުޅޭ ނަމަ ވިޔާފާރިކުރާ ދެގައުމު އެކުއެކީގައި ކުރިއަރައިގެންދާނެއޭ މިކަން ކުރެވޭނީ ޔޫއެސްޑޮލަރުން މުދާ ގަތުން ހުއްޓާލެވިގެންނޭ އެކަން ކުރެވޭނީ ޗައިނާއެކު އެއްބަސްވުންތައް އަވަހަށް ހެދި އަމަލުކުރެވިގެންނޭ
ދެން މުއިއްޒު ރާއްޖޭން ބޭރަށް ކުރާ ދަތުރު ޗައިނާ އަށް ކުރާ ފުރަމާނަ ދަތުރަކަށް ހަދާށޭ ޗައިނާ ގެ އެހީގައިި ތިލަމާލެ ދެވަނަބްރިޖް އަޅަން ފެށުމާއި އަދި މާލެއާއި ފުށިދިއްގަރާއި ދެމެދު ބްރިޖް އަޅާ އެބްރިޖް އަޅާއިރު ކްރޮސްރޯޑް އަދި ތާރޖް އެގްޒޯޓިކާ ދެން ހުރި ރިސޯރޓް ތަކާއި ގުޅުވާލާ އަދި ފުށިދިއްގަރު ފަޅު ހިއްކާލާށޭ އެއް އަހަރުތެރޭ އައި ޔޫޒްޑް ބިލީވް ވީ ވާރ ޑުއިންގް ސަމްތިންގް އޮން ދި އެޖް އޮފް ސަމްތިންގް ބިއުޓިފުލް ސަމްތިންގް ބިއުޓިފުލް ވިދް ޗައިނާ ސެލިންގް އަ ޑްރީމް އިޒް އޯސަމް ވިދް ޗައިނާ...