ކ. ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ނަމުގައި ސިޓީއެއް ތަރައްގީކުރަން މިދިޔަ ހޯމަ ދުވަހު ފެށި ބިން ހިއްކުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވަނީ ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮއްވައި، މަޖިލިހުން ބަޖެޓް ފާސް ކުރިއިރު އެ ފައިސާ އުނިކޮށް އެހެން މަޝްރޫއުތަކަށް ހަމަޖެއްސުމަކީ ދިވެހި ރައްޔިތުންނާއި ގައުމާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްތޯ ސުވާލު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ޖެހުނީ ވަރަށް ދަތި އުނދަގުލުން އެހެން މަގަކުންނެވެ. އަދި އެ މަޝްރޫއު ފެއްޓެވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ހުންނަވައި ކަމުގައި ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ގާސިމް މިހާރު ދެއްވަނީ ފިނި ޖަވާބެއް
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ރައީސް އޮފީހުގައި ބައްދަލު ކުރެއްވުމަށް ފަހު ނުކުމެވަޑައިގަތުމުން، އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ގާސިމް އިއްޔެ ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިނުލެވިގެން އެ ވާހަކަ ދެއްކުން އަދި މާއަވަސް ކަމަށެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަޑަށް ބާރުލައްވައި ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ވަގުތުން ފޮނުވާލަން ޖެހޭނެ ކަމަށެވެ.
ބައެއް ކޮންޓެއިނަރުގައި ތަޅެއް އަޅުވާފައި ކްލިއާ ނުކޮށް ސައިޓަށް ގެންދާ ގޮތަށް ހަދަނީ
ހޯމްލޭންޑު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް އަންނާނެ ކަމަށެވެ.
ޕާޓީތަކުގެ ވެރިން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދިން: ރައީސް އޮފީސް
ރައީސް އޮފީހުން ބުނި ގޮތުގައި މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގައުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެން ގުޅިގެން ރައްޔިތުންގެ ފައިދާއާއި ލާބައަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
މުސާރައަށް ވުރެ ބޮޑު ހޭދައެއް މެމްބަރުން ރައްޔިތުންނަށް ކުރަންޖެހޭ: ބިގޭ
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭގޮތުން ސުވާލުކުރުމުން ބިގޭ ވިދާޅުވީ ބައެއް މެމްބަރުންނަކީ ރަށްރަށުގައި ދިރިއުޅުމަށްފަހު މާލެ ވަޑައިގެން ވަރަށް އުނދަގުލުގައި ތަންތަން ކުއްޔަށް ހިފައިގެން އުޅުއްވާ ބޭފުޅުން ކަމަށެވެ
އާއްމުން ޝަކުވާކުރަން ފެށުމުން ސަރުކާރުން ބުނީ މުސާރަ ބޮޑުކުރަން ބޭނުން ނުވާކަމަށް
ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ނިންމުމާ ގުޅިގެން އާއްމުގެ ފާޑުކިއުންތަކަށް ރައްދު ދިނުމުގެ ގޮތުން ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ. އަދި އެއީ ރައީސް މުއިއްޒު ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބުނެފި
ދާޚިލީ ސަލާމަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކުން ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށާއި، އެ ކަންކަން ސަރުކާރުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ޖަލު ހުސް ކުރުމުގެ މަސައްކަތް ފަށައިފި
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އާސިފް ވިދާޅުވީ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީން އެ ތަނުން ބަދަލު ކުރުން ކަަމަށާއި މިވަގުތު އެންމެ ބޮޑު އަމާޒަކާއެކު މަސައްކަތް ކުރަނީ މާލެ ޖަލު ހުސް ކުރަން ކަމަށެވެ
ބިސްމާލެ ހަދަނި މުއިޒުގެ އަމިއްލަ ފައިސާއިން ދައުލަތުގެ މާލިއްޔާއިން ބޮޑުލާރިއެއްވެސްނުދޭ