އެމްއެންޑީއެފް ކޯސްޓުގާޑުގެ ކޮމާޑަންޓް ނުވަތަ އެންމެ އިސްވެރިއަކަށް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފި އެވެ.
ކާނަލް މުހައްމަދު ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރެއްގެ މަގާމެވެ. އޭނާ ވަނީ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓަރުކަމާއި ކޯސްޓްގާޑު ކޮމަންޑެންޓްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އޭނާއާ މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަށް މުހައްމަދު ސަލީމް އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
މުއިއްޒަށް ގަޒުފް ކުރި ކަމަށް ތުހުމަތުކޮށް އާސިފް ހާޒިރުކުރަނީ