ރާއްޖޭގައި 88 އިންޑިއާ ސިފައިން އެބަތިބި ކަމަށާއި ސިފައިން ފޮނުވާލުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް ސަރުކާރުން ބުނެފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރުމަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށްވެސް މުހިންމު ސިޔާސަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެކި މަރުހަލާތަކުގައި އެކި މަޝްވަރާތައް ފެށި ސަރުކާރުގެ އެކި ލެވެލްތަކުގައި 10 ބައްދަލުވުމެއް މިހާތަނަށް ބޭއްވިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
ޝަހީމްގެ "ފިތްކަނޑައިގެންދާ" ވަރުގެ ތައުރީފް ރައީސް މުއިއްޒަށް!
"ރާއްޖޭގެ ޒަކާތު ހައުސް" އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވީ ގައުމުގެ އިސްލާމީ ޝަހުސިއްޔަތު އިތުރަށް ވަރުގަދަ ކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށެވެ. ރާއްޖޭގެ ގައުމީ ބަހާތައް އިތުރަށް ވަރުގަދަ ކުރަން ޖެހި ރާއްޖޭގެ ގައުމީ ފޭރާން އަލުން ވިއަން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އާޒިމާ އެމްއައިބީން ނެގި ލޯނަކަށް 4 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި
މިއީ އެމްއައިބީ އާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމެކެވެ.
އައިޔޫއެމްގެ ދަރިވަރަކު އެމްކިއުއޭގެ ސީއީއޯ އަކަށް އައްޔަންކޮށްފި
އެމްކިއުއޭގެ ސީއީއޯ ކަމަށް އައްޔަން ކުރައްވާފައި ވަނީ މި ސަރުކާރުގެ "ބްރޯ"އެއް ކަމަށް ބުނާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ފިޒާނާ ރަޝީދު އެވެ.
އަދުރޭގެ އާއިލާ އަށް މަސް މާރުކޭޓު ދިންގޮތުގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ބަލަނީ
މައްސަލަ ހުށަހެޅި ފަރާތަކަށް އޭސީސީން ފޮނުވި ޖަވާބުގައި ވަނީ އެ މައްސަލަ މިހާރު އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.
ކަނޑުގެ ސަރަހައްދު ހޯދުމުގެ ދިރާސާ ކުރަން ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފި
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބޭރުގެ ތަޖުރިބާކާރުންތަކެއް އައިޑެންޓިފައިކޮށް އެ ފަރާތްތަކާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.
ގޯއްޗާއި ފްލެޓުގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ: ރައީސް
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަ ކުރައްވަނީ
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ "އެކްސް"ގައި އިއްޔެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. ހުޅުމާލެ ދެކުނުދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ނަހުލާ ވިދާޅުވި އެވެ