ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ ހައި ކޯޓުގައި އޮންނަތާ އެތައް ދުވަހެއްވީ އިރު ވެސް އެ މައްސަލަ އަވަސް ކުރުމުގެ ނިޔަތެއް ހައި ކޯޓުގައި ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ގޮސްފައި އޮންނަތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ. މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގަ އެވެ.

ހައި ކޯޓުގެ ބޭރުގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޔާމީންގެ މައްސަލަ ލަސްވާ މައްސަލައިގައި ކޯޓަށް ދިއުމުން މައްސަލަ ތާވަލް ކުރާނެ އިރެއް ނޭނގޭ ކަމަށް ބުނެ ކޯޓުން ޖަވާބު ދީފައިވާ ކަމަށެވެ. ހައި ކޯޓުން ލިބުނު ޖަވާބާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެއީ ކޯޓުން ދެއްކީ ހުއްޖަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ނައިބުން ސަސްޕެންޑް ކުރީ ނަމެއްގައި، މުސާރަ އާއި އިނާޔަތްތައް ލިބޭ

އެ މައްސަލާގައި ގުޅިގެން ސަސްޕެންޑްކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން އެކްޓިވިސްޓުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ.

ސަސްޕެންޝަނާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ތިން ނައިބުން ސަސްޕެންޑުކޮށްފައިވަނީ ވަކި މުއްދަތަކަށް ނޫން ކަމަށާއި އެ ފިޔަވަޅު އެޅީ އެކަން އިތުރަށް ބެލުމަށް ކަމަށެވެ

ރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވައިފަ އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރުން އޮތެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުއިއްޒާ އެކީގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ މިނިސްޓަރުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް އަބޫބަކުރު ޕީއެންއެފާ ގުޅިއްޖެ

އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގެ ޓިކެޓްގައި އެ ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ. ޕީއެންއެފްއަށް ސޮއިކުރެއްވުމަށްފަހު ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭ ކަމަށާއި ސަރުކާރުން އަންނަނީ އެ ކައުންސިލަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

ޔާމީންގެ މައްސަލަ ލަސްވާތީ މިނިވަން ޖުޑިޝަރީއަށް ކުރި އުންމީދު ވަނީ ކިލަނބުވެފައި:ހުސެއިން

ހައި ކޯޓުގެ ބޭރުގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ބަދަލުވެގެން އައި ފަހުން، އިންތިހާބުތަކާ ދިމާކޮށް ޔާމީން ޖަލުގައި ބެހެއްޓުމުގެ ސިލްސިލާ އަށް ނިމިގެން ނުދާ ތަން ފެންނަމުންދާ ކަމަށެވެ.

ޖިންސީ ދަައުވާއެއް ކުރާ މީހަކަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ނައިބުކަން

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާޗު 17 ގައި ބާއްވަން ނިންމައިފި

މިއަހަރުގެ މަޖިލިސް އިންތިޚާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިޚާބު 2024ގައި ބާއްވާތީ އީސީން ކަނޑައެޅުއްވި ޝިއާރެކެވެ.