އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖޭގެ ހިއްސާ ވެސް މި ކަނޑުގައި ބޮޑު ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ވަރުދަގަ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް ދެއްވައިފި އެވެ.
ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަށް ރާއްޖެ ވާނެ ކަމަށެވެ. އަދި މި ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫންކަން ފާހަގަކުރައްވައި މި ކަނޑަށް އައްސޭރިވާ ހުރިހާ ޤައުމަކަށް ވެސް މިކަނޑުން ހިއްސާ އޮންނާނެ ކަމަށާއި، އަދި އެއްވެސް ގައުމަކަށް ނިސްބަތްނުވާ މިކަނޑުގެ ސަރަހައްދު ވެސް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާކުރާ އަސާސެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނުސީދާ ގޮތެއްގައި އިންޑިއާއަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ނިމުނު ސަރުކާރުގައި 'އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީނދެވެނީ' ވަކި ގައުމެއްގެ ރުހުން ހޯދައިގެން ކަމަށެވެ. އެކަމަކު، ދިވެހީން މިހާރު އެގޮތް ބޭނުންނުވާ ކަމަށާއި އެއް ގައުމު އަނެއް ގައުމުގައި ހިނގާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދިވެހި ރާއްޖެއަކީ އެއްވެސް ޤައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫންކަމަށް ރައީސް ވިދާޅުވެފައިވާއިރު އަވައްޓެރި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި އެ ޤައުމުގެ ސިޔާސީ މުހައްލިލުން ވަރަށް ގިނައިން ރާއްޖެ ސިފަކުރަނީ އެ ޤައުމުގެ ބެކްޔާޑުގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އިންޑިއާ އަށް އޮންނަ ހައްގެއްގެ ގޮތުގައި ދެއްކުމަށް ބޭނުންކުރާ އެއް ހުއްޖަތަކީ ވެސް އެ ގައުމުގެ ބެކްޔާޑުގައި ދިވެހިރާއްޖެ އޮންނަކަމަށް އެ ގައުމުން ޤަބޫލުކުރާ ކުރުމެވެ.
ތިލަފުށީގައި ގާއިމްކުރާ އެސްއީޒެޑްގައި އެބަޖެހޭ ލޯއެންޑް މެނުފެކްޗަރިން ޗައިނާއިން ކާމިޔާބު ކުރި ގޮތަށް އެ މޮޑެލް ރާއްޖޭގައި އެޕްލައިކޮށް އެމޮޑެލް ކާމިޔާބު ކުރަން އެއީ އެހާ އުނދަގޫ ކަމެއް ނޫނޭ މިސާލަކަށް ކޮންޒިއުމަރ އިލެކްޓްރިކަލް އެން އިލެކްޓްރޯނިކްސް ގައި ހިމެނޭ ލައިޓްސް ތައް އުފައްދަން މާބޮޑު ސްކިލް އެއް އަދި ހައިލީ އިންޖިނިއަރިންގް ކިޔަވައިގެން ތިބި މީހުން ބޭނުމެއް ނުވެއޭ ބޭނުންވަނީ އެޕްލިކޭޝަންސް އިންޖިިނިއަރިންގް ހަދާ އެކަންކުރާނެ ބިމެކޭ މިކަން ޗައިނާ އާއި އެކު ކުރެވޭނެއޭ ޓެކްސް ފްރީކުރާށޭ