އެސްޓީއޯގެ ފްރޮންޓް ލައިން މަސައްކަތްކުރާ މުވައްޒަފުން މިއަދު ކޮވިޑް ވެކްސިން ޖަހައިފި އެވެ.
އެސްޓީއޯއިން ބުނީ އެތަނުގެ ފްރޮންޓް ލައިން މުއައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު ވެކްސިން އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލެނބުމާއެކު ކޮވިޑް19 އިން ފުރިހަމަ ރައްކާތެރިކަން ހޯދިދާނެ އެވެ.
މީގެ އިތުރުން އެސްޓީއޯއިން މިއަދު ވަނީ އެޗްޕީއޭގެ "ކޮވިޑް19 ދިފާއު" ކެމްޕެއިނަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި އެ ތަކެތީގެ ސަބަބުން ރާއްޖޭގައި ވެކްސިން ކަވަރޭޖް އިތުރުކުރުމަށްކުރާ މަސައްކަތަށް އިތުރު ފަސޭހަކަން ލިބޭނެ އެވެ.
ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ މިދަނޑިވަޅުގައި ވެސް އެސްޓީއޯ އިން ވަނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދީފަ އެވެ.
މިގޮތުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭސް އެސްޓީއޯއިން އަންނަނީ ބަލިމަޑުކަމުގެ ތެރޭގައި ވެސް އަގަށް ބަދަލެއް ނުގެނެސް ފޯރުކޮށްދެމުންނެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!
