މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ ހޯދާފައި ވަނީ ހ. މާދޫގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާ ބަލައި ފާސްކޮށްގެންނެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މިއީ މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިޔަފާރިކޮށް ދައުރުކުރަމުންދާ ނެޓްވޯކެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.